އިނގިލި ބުރިކޮށްލިޔަސް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓު ނުދޭނެ އެމްޑީޕީ މެމްބަރުން އެބަ ތިބި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީއަށް ސޮއިކުރެއްވި 13 ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ގައުމު އިސްކުރެއްވި މެމްބަރުން ކަމަށާއި އެ މެމްބަރުން ގައުމު އިސްކުރައްްވައި، ޕީއެންސީއަށް ސޮއިކުރެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި، އެ މަނިކުފާނަށް ތާއީދުކުރައްވާ އިތުރު މެމްބަރުންވެސް އެބަ ތިއްބެވި ކަމަށާއި ނަމަވެސް ކޮންމެވެސް ސަބަބަކީ ހެދި އެ މެމްބަރުން ފާޅުގައި ސަރުކާރާ ގުޅިވަޑައިނުގެން އެމްޑީޕީގައި ތިއްބެވީ ކަމަށެވެ.
"މަޖިލިސް ރުހުމުގެ ވޯޓުގައިވިޔަސް އަދި ގައިމުވެސް އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތްކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ އުޅޭ. އެކަން އަޅުގަނޑަށް އެނގޭ،" އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް އަޒުލު ކުރެވޭ ގޮތް ހެދި ހެދުން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ރަނގަޅުކުރަން ޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ރައްޔިތުން ޕީއެންސީއަށް ވެރިކަން ދިނީ، މިދިޔަ ސަރުކާރަށް އެކަންކަން ރަނގަޅު ނުކުރެވުމުން ކަމަށެވެ. ޑިމޮކްރަސީ ދަސްކޮށްދެނީ ޑިމޮކްރެޓިކް އުސޫލެއްގެ މަތިން ރައްޔިތުން ކަންކަން ނިންމުމުން، ރިވެތި ގޮތުގައި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގައުމު ހިންގުމުގެ ފުރުސަތު ދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު