މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާ ގަތުމަށް އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ ކްލަބުގެ 25 ޕަސެންޓް ހިއްސާ ގަނެފައިވާ އިރު، އެ ކްލަބާއެކު ކާމިޔާބު ހޯދަން ކެތްތެރިވާން ޖެހޭނެ ކަމަށް އޭނާ ބުނެފިއެވެ.
ރެޓްކްލިފް 25 ޕަސެންޓްގެ ހިއްސާ ގަތީ ޖުމުލަ 1.03 ބިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 71 އަހަރުގެ ރެޓްކްލިފް ވަނީ އެ ކްލަބުގެ ސްޓޭޑިއަމަށް 236 ޕައުންޑް އިންވެސްޓް ކުރަން އެއްބަސްވެފައެވެ. އޭގެ އިތުރުން ޓްރާންސްފާތަކަށްވެސް ޔުނައިޓެޑުން ވަނީ ހަރަދުތަކެއް ކުރަން ތައްޔާރުވެފައެވެ.
ރެޓްކްލިފަަށް ޔުނައިޓެޑްގެ ހުރިހާ ފުޓުބޯޅައިގެ ހަރަކާތްތަކެއްގެ ކޮންޓްރޯލް ލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވާ އިރު، އޭނާއަކީ ޔުނައިޓެޑަށް އުފަން ވިޔަފާރިވެރިއެކެވެ. އިނެއޯސްގެ ޗެއާމަން ކުރިން ބުނެފައި ވަނީ އޭނާއަކީ އަބަދުވެސް ޒަމާންވީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށެވެ.
"އަހަރެން ގަބޫލުކުރަން ޔުނައިޓެޑަށް ކުޅިވަރުތަކުގެ ކާމިޔާބީގެ އިތުރުން، ވިޔަފާރީގެ ކާމިޔާބީތައްވެސް ހޯދޭނެ ކަމަށް. އެކަމަށް ބޭނުންވާނެ ވަގުތު، އެކަމަށް ޖެހޭނެ ކެތްތެރިވާން. މިއީ ކުޅިވަރު، ކުޅިވަރަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަންތައްތަކެއްގެ ތެރޭގައި ވާ އެއްޗެއް. އެހެން ނަމަވެސް، ވިސްނުން އެބަހުރި މި ކްލަބަށް. ވަރަށް އުހަށްވެސް އެބަ ވިސްނޭ. އެއީ ތި ސަޕޯޓަރުންގެވެސް ވިސްނުން ކަން އިހުސާސް ކުރެވޭ،" ޔުނައިޓެޑް ސަޕޯޓަރުންނަށް ރެޓްކްލިފް ލިޔުނު ސިޓީއެއްގައި ވެއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި، ޔުނައިޓެޑްގެ ފުޓުބޯޅައިގެ ކަންކަން ނިންމަން، ތިން މީހުންގެ ކޮމިޓީއެއް އެކުލަވާލާނެއެވެ. އޭގެ ތެރެއިން އެކަކީ ރެޓްކްލިފެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް