ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ހޯދަނީ ހދ. ކުޅުދުއްފުށި، ޗާނދަނީގެ، އުމުރުން 34 އަހަރުގެ މުހައްމަދު ފާރިހުއެވެ.
ފުލުހުން ބުނީ އެނާ އުޅޭ ވަކިތަނެއް ފުލުހުންނަށް އެނގިފައި ނުވާތީ ޗިޓު ހަވާލުކުރެވިފައިނުވާ ކަމަށާއި ފާރިހު ހޯދަމުން ދަނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.
ފާރިހު ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންއަށް މިމަހުގެ 26 ވަނަ ދުވަހުގެ 14:00 އަށް ކަމަށާއި ހާޒިރުކުރެވެނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު