ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެ ކޯލިޝަނުން ކުރިން ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައިވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ފަސްކުރީ، ކުރިން ތާވަލުކޮށްފައިވާ ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަަރަކަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަަށްފަހު، ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފުތާ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތު ވެސް އިއުލާންކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.