އެމެރިކާ ލީގުގެ ސީޒަން ނިމި، ޓީމުތަކުން ޕްރި ސީޒަން ޓުއާއަށް ތައްޔާރުވަމުންދާ އިރު، އިންޓަ މިއާމީން ސައުދީ އަރަބިއާގެ ޓުއާ އަކަށް ތައްޔާރުވެއްޖެއެވެ.
ދާދިފަހުން އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ލިއޮނަލް މެސީ ބަދަލުވެފައިވުމާއެކު، އެޓީމަށް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. ރެކޯޑު އަށް ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ މެސީ، އިންޓަ މިއާމީއަށް މިދިޔަ ސީޒަނުގެ އެއްބައި ކުޅެފައިވާ އިރު، އެޓީމުން ދަނީ މެސީގެ ކޮމާޝަލް ފައިދާތައް ނަގަމުންނެވެ. އެގޮތުން ޓީވީ ވިއުވާޝިޕް އިތުރުކުރުމާއި، ސްޕޮންސާޝިޕް ޓުއާތައް އެޅުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އިންޓަ މިއާމީން ކޮމާޝަން ބޭނުމުގައި މިފަހަރުގެ ޕްރި ސީޒަން ޓުއާގައި ސައުދީއަށް ދާން ނިންމާފައިވާ އިރު، އެ ޓުއާގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރާ ދެކޮޅަށް، މެޗެއް ކުޅޭނެއެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއާއި މެސީގެ ވާދަވެރިކަން ފުޓުބޯޅަ ތާރީހުގައިވެސް ފާހަގަކޮށްލެވޭ އިރު، އަނެއްކާވެސް އެ ދެކުޅުންތެރިން ކުރިމަތިލުން ވެގެންދާނީ ބޮޑު މަގުބޫލުކަމެއް ލިބިގެންދާ މެޗަކަށެވެ.
އެ މެޗު ފެބްރުއަރީ މަހު ތެރޭގައި އޮންނަ އިރު، އޭގެ ކުރިން އިންޓަ މިއާމީން ނޭމާ ކުޅެމުންދާ އަލް-ހިލާލާ ދެކޮޅަށްވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުތަކަކީ ސައުދީގައި ބާއްވާ ޕްރި ސީޒަން މުބާރާތެއް ކަމަށްވާ، ރިޔާދު ކަޕްގެ މެޗުތަކެކެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ