އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕް ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައިފާސްކޮށް، ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި މިރޭ ހިއްސާކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ، އެ ތަކެތި ހޯދާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށްވެސް ބުންޏެވެ.
މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައިވާ ތޫނު އެއްޗެހިތަކެއް ފުލުހުން މިދިޔަ ބުދަ ދުވަހުވެސް ވަނީ ހޯދައިފައެވެ.
އައްޑޫގައި މިމަހުގެ މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތް ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.
އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެ ތިބޭ މީހުން ބަލައިފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް ދަނީ ބަލައިފާސްކުރަމުންނެވެ.
އައްޑޫގައި ހިންގި ގުރޫޕް މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައެވެ. އެ 11 މީހުންވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު