ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސަލް ޗެލެންޖަށް އެންމެ ފުރިހަމަ ޕެކޭޖުތައް މިފަހަރުވެސް ޖާޒިއާއިން، އެހެން ލެވެލްއެއް!

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ އިތުބާރު ކުޅިވަރު މާޗެންޑައިސް ބްރޭންޑް ޖާޒިއާއިން މިވަގުތު ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަށެވެ. މުބާރާތުގެ ހައިބަތާއި ޝަރަފާ އެއްވަރުގެ ޖާޒީއެއް، ކިޓް ބައެއް ފޯރުކޮށްދިނުމަކީ ޖާޒިއާގެ އަބަދުވެސް އުންމީދެވެ. އެކަން ކުރީ އަހަރުތަކުން ފެންނަން އެބައޮތެވެ. ޖާޒިއާގެ ފެންވަރާ މެދު ސުވާލެއް ނެތެވެ. މިފަހަރުވެސް ހަމަ ޖާޒިއާ އެވެ.

ނެކްސްޓްޑްރައި ހައި ކޮލިޓީ އަދި ނެކްސްޓެކް ޕްރިމިއަމް ކޮލިޓީ މެޓީރިއަލްގައި ހުރިހާ ޖާޒީ ޕެކޭޖުތަކެއްވެސް ހުރި އިރު، ޖުމަލަ ފަސް ޕެކޭޖެއް ގޯލްޑަން ފުޓްސަލް ޕެކޭޖުތަކުގެ ތެރޭގައި ހިމެނެއެވެ. އެއީ ބްރޯންޒް، ސިލްވާ، ގޯލްޑްގެ އިތުރުން ޕްލެޓިނަމްއާއި ޕްލެޓިނަލް ޕްލަސްއެވެ. ކޮންމެ ޕެކޭޖެއްގައިވެސް ސަޕޯޓަރުން ޖާޒީގެ ވަކި އަދަދެއް ހިމަނާފައިވާ އިރު، އެ އަދަދު ހަމަކޮށް ޕެކޭޖު ނަގަން ހުށަހަޅައިފިނަމަ، ކުޅުންތެރިންގެ ޖާޒީ ޕެކޭޖު ޖާޒިއާއިން ހިލޭ ކޮށްލެވޭނެއެވެ. އަގުހެޔޮ، އެހާމެ ފެންވަރު ރަނގަޅު ޖާޒީގެ ފަރުމާ ފުރިހަމަވާނެ ކަމަށް މިފަހަރުވެސް ޖާޒިއާއިން ވަނީ މައުލޫމާތު ދީފައެވެ.

ޕެކޭޖުތައް

ބްރޯންޒް ޕެކޭޖު - 7،999 ރުފިޔާ

  • 28 ޖާޒީ (ނެކްޓްޑްރައި)
  • 14 ޝޯޓު (ނެކްސްޓްޑްރައި)
  • 5 އޮފިޝަލް ޖާޒީ (ނެކްސްޓްޑަރައި)
  • 14 ސްޓާކީން
  • 1 ކެޕްޓަން ބޭންޑް (ޓީމު ލޯގޯއާއެކު)
  • 150 ސަޕޯޓަރުންގެ ޖާޒީއާއެކު ޕެކޭޖް ހިލޭ ކޮށްލެވޭނެ

ސިލްވާ - 12،999 ރުފިޔާ

  • 28 ޖާޒީ (ނެކްޓްޑްރައި)
  • 28 ޝޯޓު (ނެކްސްޓްޑްރައި)
  • 5 އޮފިޝަލް ޖާޒީ (ނެކްސްޓްޑަރައި)
  • 5 ޓްރެކް ޕޭންޓްސް
  • 28 ސްޓާކީން
  • 14 ބިބްސް
  • 1 ކެޕްޓަން ބޭންޑް (ޓީމު ލޯގޯއާއެކު)
  • 200 ސަޕޯޓަރުންގެ ޖާޒީއާއެކު ޕެކޭޖު އެއްކޮށް ހިލޭ

ގޯލްޑް ޕެކޭޖު - 14،999 ރުފިޔާ

  • 14 ޖާޒީ (ނެކްޓްޑްރައި)
  • 14 ޖާޒީ (ނެކްސްޓެކް)
  • 14 ޝޯޓު (ނެކްސްޓްޑްރައި)
  • 14 ޝޯޓު (ނެކްސްޓެކް)
  • 5 އޮފިޝަލް ޖާޒީ (ނެކްސްޓްޑަރައި)
  • 5 ޓްރެކް ޕޭންޓްސް
  • 28 ސްޓާކީން
  • 14 ބިބްސް
  • 1 ކެޕްޓަން ބޭންޑް (ޓީމު ލޯގޯއާއެކު)
  • 350 ސަޕޯޓަރުންގެ ޖާޒީއާއެކު ޕެކޭޖް ހިލޭ ކޮށްލެވޭނެ

ޕްލެޓިނަމް - 19،999

  • 28 ޖާޒީ (ނެކްސްޓެކް)
  • 28 ޝޯޓު (ނެކްސްޓެކް)
  • 5 އޮފިޝަލް ޖާޒީ (ނެކްސްޓެކް)
  • 5 ޓްރެކް ޕޭންޓްސް (ނެކްސްޓެކް)
  • 28 ސްޓާކީން
  • 14 ބިބްސް
  • 1 ކެޕްޓަން ބޭންޑް (ޓީމު ލޯގޯއާއެކު)
  • 450 ސަޕޯޓަރުންގެ ޖާޒީއާއެކު ޕެކޭޖް ހިލޭ ކޮށްލެވޭނެ

ޕްލެޓިނަމް ޕްލަސް - 29،999 ރުފިޔާ

  • 28 ޖާޒީ (ނެކްސްޓެކް)
  • 28 ޝޯޓު (ނެކްސްޓެކް)
  • 5 އޮފިޝަލް ޖާޒީ (ނެކްސްޓެކް)
  • 5 ޓްރެކް ޕޭންޓްސް (ނެކްސްޓެކް)
  • 28 ސްޓާކީން (ޓީމު ލޯގޯއާއެކު)
  • 14 ބިބްސް (ޓީމު ލޯގޯއާއެކު)
  • 19 ޕްރެކްޓިސް ޖާޒީ
  • 1 ކެޕްޓަން ބޭންޑް (ޓީމު ލޯގޯއާއެކު)
  • 28 ގްރިޕް ސޮކްސް
  • 10 ސޮކްސް ޓޭޕް
  • 19 މިނި ބެކްޕެކް
  • ވިނީލް ނޭމް އެންޑް ނަންބަރު ޕްރިންޓް
  • 550 ސަޕޯޓަރުންގެ ޖާޒީއާއެކު ޕެކޭޖް ހިލޭ ކޮށްލެވޭނެ

ބްރޯންޒް، ސިލްވާގެ އިތުރުން ގޯލްޑާއި ޕްލެޓިނަމް ޕެކޭޖުތަކަށްވެސް ހެޔޮ އަގެއްގައި ގްރިޕް ސޮކްސްއާއި މިނީ ޝިން ގާޑް، ޓޭޕް، ހެޑްބޭންޑް، މިނީ ބެކްޕެކް، ބިބްސް އަދި ޓައިޓާއި ޕްރެކްޓިސް ޖާޒީ އިތުރުކޮށްލެވޭނެ ގޮތަށް ޖާޒީއާއިން މިފަހަރުގެ ޕެކޭޖުތައް ތައާރަފް ކޮށްފައިވާ އިރު، މިއީ އެންމެ އަގުހެޔޮ ކޮލިޓީ ޕެކޭޖުތަކެވެ. ޖާޒިއާއިން ފޯރުކޮށްދެނީ ބްރޭންޑެޑް ފުރިހަމަ ހައްލެކެވެ. ޓީމުތަކުން ބޭނުންވާ، ޓީމުތަކުގެ ބްރޭންޑް ދަމަހައްޓަދޭ ކޮލިޓީ ހައްލެކެވެ. ހާއްސަކޮށް ވަކި ފެންވަރެއްގެ، ވަކި ބަޖެޓެއްގެ ޓީމެއް ބާކީވިޔަ ނުދީ، ހުރިހާ ޓީމަކަށްވެސް "އޮޕްޝަން"އެއް ޖާޒިއާއިން ފޯރުކޮށްދޭނެއެވެ.

ޖާޒިއާގެ ފަރާތުން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖަށް ފޭން އެންގޭޖުމަންޓް ހައި ޕެކޭޖުތަކެއް ތައާރަފު ކޮށްފައިވާ އިރު، ޖާޒިއާގެ ކޯ ފައުންޑަރު، ހަސަން ދިލްޝާން ވިދާޅުވީ ޕެކޭޖުތަކުން އެކިއެކި ކޮލިޓީގައި ޖާޒީތައް ހޯދުމަށް ފުރުސަތު ފަހިވާނެ ކަމަށާއި، ސަޕޯޓަރުންގެ މެދުގައި ފޯރިގަދަވާނެ ގޮތަކަށް ކަންކަން ކުރަން ވަރަށް ބޮޑަށް ސަމާލުކަން ދިން ކަމަށެވެ.

"ކޮލިޓީ ރަނގަޅު ފުރިހަމަ ޕެކޭޖުތަކެއް ލިބެން ހުރުމަކީ ޓީމުތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ދެކެން. ހާއްސަކޮށް ސަޕޯޓަރުންގެ ޖާޒީ އަދަދު ހަމަކޮށް މުޅި ޕެކޭޖު ހިލޭކޮށްލަން ލިބުމަކީ ވަރަށް ބޮޑު ފަސޭހައެއް. އެކަމުގެ ސަބަބުން ސަޕޯޓަރުންގެ ތެރޭގައި އޮންނަ ފޯރި އިތުރުވެގެން ދާނެ ކަމަށް ގަބޫލުކުރަން،" ދިލްޝާން ވިދާޅުވިއެވެ.

ދިލްޝާން ވިދާޅުވީ ޖާޒިއާއަކީ "ޗެމްޕިއަނުންގެ ޗޮއިސް" ކަމަށާއި، ޖާޒިއާއަކީ "ނެކްސްޓް ލެވެލް" ކަމަށެވެ. މިދިޔަ ހަތަރު އަހަރު ވަރަކަށް އަހަރުވެސް ރާއްޖޭގެ އެއްވަނަ ކުޅިވަރު އެޕެރަލް ބްރޭންޑްގެ ގޮތުގައި ޖާޒިއާ ފާހަގަކުރެވިގެން ގޮސްފައިވާ އިރު، އެ ބްރޭންޑަކީ މިދިޔަ ދެ އަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮފިޝަލް ކިޓް ޕާޓްނާވެސް މެއެވެ. އަދި މިހާރުވެސް ޖާޒިއާ ފިހާރައަށް ވަޑައިގެން މެޓީރިއަލްގެ ކޮލިޓީ ޔަގީންކޮށްލެވޭނެ ކަމަށްވެސް ދިލްޝާން ވިދާޅުވިއެވެ. މިފަހަރު ޖާޒިއާގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ޕެކޭޖުތައް އެހެން ލެވެލްއެކެވެ. ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކޭޓާ ކުރެވޭނެ ޕެކޭޖުތައް ހުރީވެސް ޖާޒިއާއެވެ.