ޓޮޓެންހަމްއަށް ކުޅެމުންދާ ދެކުނު ކޮރެއާގެ ފޯވަޑް، ސޮން ހިއުން-މިންއަށް ނަސްލީ ގޮތުން ދިމާކުރި ކްރިސްޓަލް ޕެލެސްގެ ސަޕޯޓަރަކަށް ތިން އަހަރު ދުވަހުގެ ސަސްޕެންޝަނެއް އައިސްފިއެވެ.
ޕެލެސްގެ ސަޕޯޓަރެއް ކަމަށްވާ ރޮބާޓް ގާލެންޑް ތިން އަހަރު ދުވަހަށް ފުޓުބޯޅައިގެ ހުރިހާ ކަމަކުން ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އޮގަސްޓް މަހު އެކަމަށް އެއްބަސްވުމާއެކުގައެވެ. ސޮންއަށް އޭނާ ނަސްލީ ގޮތުން ފުރައްސާކުރީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.
ގާލެންޑަށް ފުރަތަމަ ދިން އަދަބަކީ ޖޫރިމަނާ އަދި ވޮލެންޓަރީ މަސައްކަތް ކުރުމުގެ އަދަބެކެވެ. އެ އަދަބުގައި ވާގޮތުން އޭނާއަށް ވަނީ 60 ގަޑިއިރު ވޮލެންޓަރީ މަސައްކަތް ކުރުމަށް އަންގާ، 1384 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. ގާލަންޑްގެ ސަސްޕެންޝަން ބޮޑުކުރީ އެ އަދަބު ކުޑަކަމުގެ ޝަކުވާ، ފުލުހުންގެ ފުޓުބޯޅައަށް ހާއްސަ ޑިވިޝަނުން ކޮށްގެންނެވެ.
ޕެލެސްއިން މޭ ހަވަނަ ދުވަހުގެ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގެ 89 ވަނަ މިނެޓުގައި ސޮން ބާލާފައިވާ އިރު، އުމުރުން 44 އަހަރުގެ ގާލެންޑް ސޮންއަށް ފުރައްސާކުރީ އެވަގުތުއެވެ.
އެ މައްސަލައިގައި ސޮން ބަޔާން ދީފައިވާ އިރު، އޭނާ ބުނީ ސަޕޯޓަރެއްގެ ފަރާތުން އެފަދަ ނަސްލީ ފުރައްސާއެއް ކުރިމަތިކުރުވާފާނެ އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ