މެންޗެސްޓާ ސިޓީ ކައިރިން ބަލިވި މެޗަށްފަހު މަދު ވަގުތު ކޮޅެއްގެ ތެރޭގައި އުފަންދުވަސް ފާހަގަކުރަން މާކަސް ރަޝްފޯޑު ބޭއްވި ޕާޓީއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ޔުނައިޓެޑް މެންޗެސްޓާ ޑާބީން ބަލިވީ ސިޓީ ކައިރިން 3-0 އިން ބަލިވެގެންނެވެ. އެ މެޗަށްފަހު ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންތަކެއް ރަޝްފޯޑުގެ އުފަން ދުވަސް ފާހަގަކުރަން އެއްވެފައިވީ ނަމަވެސް، ހޯމަ ދުވަހުގެ ތަމްރީނުތަކަށް އެއްވެސް ބުރުއެއް އަރާފައެއް ނުވެއެވެ.
ތަމްރީނުތަކަށް ބުރު ނޭރި ނަމަވެސް ރަޝްފޯޑު ޕާޓީ ބޭއްވި ތަނުގެ ގޮތުންވެސް ޓެން ހާގު ހިތްހަމަ ނުޖެހިފައިވެއެވެ. ރަޝްފޯޑު އުފަންދުވަސް ފާހަގަކުރީ މެންޗެސްޓާގެ އެންމެ މަގުބޫލު އެއް ރެސްޓޯރަންޓްގައެވެ. އެހެންކަމުން މެންޗެސްޓާ ޑާބީއަކުން ބަލިވުމާއެކު އެފަދަތަނެއްގައި އުފާފާޅުކުރުންވެފައި އޮތީ ސަޕޯޓަރުން މާޔޫސްކޮށްލި ކަމަކަށެވެ.
"އަހަރެންގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައި. އަހަރެން ރަޝްފޯޑާ ވާހަކަވެސް ދެއްކި އެ މައްސަލައިގައި. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އަހަރެން ރަޝްފޯޑާ ގާތުން ވާހަކަވެސް ދެއްކިން. އޭނާ އަހަރެން ގާތުގައި މައާފަށް އެދުނިން،" ޓެން ހާގު ބުންޏެވެ.
މީގެ ކުރިންވެސް ރަޝްފޯޑާއި ޓެން ހާގާ ދެމެދު ވަނީ ބައެއް މައްސަލަތައް ޖެހިފައެވެ. އެގޮތުން އަހަރެއް ކުރިން އާ އަހަރުގެ ޕާޓީއަށްފަހު، ކުރިއަށް އޮތް މެޗުގެ ބްރީފިންނަށް ރަޝްފޯޑު ގަޑި ޖެހުމުން، ޓެން ހާގު ވަނީ އޭނާ ފުރަތަމަ 11 އިން ބޭރުވެސް ކޮށްފައެެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް