އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2023" މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން އެމްޓިސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ދޭން ވަނީ ނިންމައިފައެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދޭ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޓާން އައިޓަމްސް، ސްކޮޓް ބޭޑާ ރެސިން، ސްކޮޓް ބޭޑާ، ޖެލްކޯޓްސް، ޕިގްމެންޓްސް، ޔަންމާ ޖެންސެޓްސް، ސްޕެއާ ޕާޓްސް، އެކްސަސަރީޒް، އިންޑަސްޓްރިއަލް ގޭސް، މެރޯލް އަދި ލުބްރިކަންޓްސް ކަމަށް އެމްޓީސީސީން ބުންޏެވެ.

"ކަށަވަރު ޕްރޮމޯ 2023" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ، މަސްވެރިންނާއި އިންޖިނޭރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަން އޮންނަ ދުވަސްވަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާޑް އަދި ސައިޓުގައި ހާއްސަ ހަރަކާތްތައް ކުރިއަށް ދާނެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްތައް ކަމުގައިވާ ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓްތަކެެއް ބާއްވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިއަދު ފެށި މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެކުންފުނިން ބުންޏެވެ.