ހއ. އަތޮޅުގައި ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ އެ އެކްސިޑެންޓު ހިނގީ އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައި ދޯންޏަކާއި ލޯންޗެއް ޖެހިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ދޯނީގައި ތިބީ ދަރިއަކާއި އޭނާގެ ބައްޕައެވެ.
“ވަން” ކަށަވަރުވެފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ ހއ. އިހަވަންދޫ، ނަޔާޑޭޒީ، އަބްދުއްރަޝީދު މުހައްމަދެވެ.
އޭނާ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
އެ އެކްސިޑެންޓުގައި އެކަކު މަރުވިއިރު ދެ މީހަކަށް އިހަވަންދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަށް މާބޮޑު އަނިޔާއެއްވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު