އޮންލައިންކޮށް ވިޔަފާރިކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ އެ މަނިކުފާނާ ހިއްސާކުރުމަށް ބާއްވަމުން އަންނަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ނުވަ ވަނަ އެޕިސޯޑުގައި ރޭ މީހަކު ވަނީ ޓެމޫ މެދުވެރިކޮށް ތަކެތި ގަތުމުގައި މިހާރު ކުރިމަތިވަމުންދާ ހުރަސްތަކުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ.
ގިނަ ބަޔަކު މިހާރު ތަކެތި ހޯދުމަށް އެ ޕްލެޓްފޯމް ބޭނުންކުރަމުން އަންނައިރު، އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ޓެމޫ ހިމެނޭހެން އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރެއާއި ދުވާލު މިއުޅެނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް