އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕަޕޫ ގޮމޭޒް، މަނާ ބޭހަށް ޕޮސިޓިވްވެގެން ދެ އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.
އުމުރުން 35 އަހަރުގެ ގޮމޭޒް، މަނާ ބޭހަށް ޕޮސިޓިވްވެފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ސެވިއްޔާއަށް ކުޅެނިކޮށް ހެދި ޑޯޕިން ޓެސްޓަކުންނެވެ. އޭގެ ފަހުން އޭނާ އާޖެންޓީނާއާއެކު ވޯލްޑް ކަޕްގައިވެސް ކުޅެފައިވާ އިރު، އެ މުބާރާތުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެމެޗެއްގައި ގޮމޭޒް ކުޅެފައިވެއެވެ.
މި ސީޒަނަށް އިޓަލީގެ މޮންޒާއަށް ބަދަލުވި ގޮމޭޒް، މިހާތަނަށް އެ ކްލަބަށް ކުޅެފައި ވަނީ އެންމެ ދެމެޗެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕެނިޝް އެންޓި ޑޯޕިން އެޖެންސީން ހެދި ޑޯޕިން ޓެސްޓަކަށް ގޮމޭޒް ޕޮސިޓިވްވެ، ފީފާއިން އެކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ގޮމޭޒް 2022 ވަނަ އަހަރު ސެވިއްޔާއަށް ބަދަލުވީ އޭގެ ކުރިން ހަތް އަހަރު އެޓްލާންޓާއަށް ކުޅުމަށްފަހުއެވެ. އެ ކްލަބު އަލަށް ޗެމްޕިއަންސް ލީގަށް ގެންގޮސް ދިނުމުގައި ގޮމޭޒްގެ ދައުރު ބޮޑެވެ. ގޮމޭޒް ޕޮސިޓިވް ވެފައި ވަނީ ޓާބިއުޓަލީން އަށެވެ. އެއީ އާންމުކޮށް ނޭވާލުމަށް އުނދަގޫވާ މީހުން ބޭނުންކުރާ ބޭހެކެވެ. އެއީ ކުޅުންތެރިންނަށް ވަކި ވަރަކަށް ބޭނުންކުރުން މަނާ ބޭހެކެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު