ޖަރުމަނު ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކުޅުނު މެޗުގައި އާރްބީ ލެއިޕްޒިގް ކައިރިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ބަޔާނުން އަމިއްލަ ދަނޑުގައި ރޭ 6-1 އިން މޮޅުވިއިރު، މެޗުގައި ލުއިސް ޑިއާޒް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން އޭނާގެ އެސިސްޓެއްވެސް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗަކީ ހެރީ ކޭން ޖަރުމަނު ލީގުގައި ކުޅުނު 100 ވަނަ މެޗެވެ. މެޗުގައި ކޭން ގޯލް ޖެހި އިރު، އޭނާގެ ދެ އެސިސްޓްވެސް ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ބޮޑަށް ނުރައްކާ ކުރީ ބަޔާނުންނެވެ. ދެވަނަ މިނެޓުގައި ކޭން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ލެއިޕްޒިގްގެ ކީޕަރު މާޓެން ވަންޑެވޫޓް އަތަށެވެ. އޭގެފަހުން ލެއިޕްޒިގުން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ބަޔާނުން ވަނީ 12 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެއީ ޑިއާޒްގެ ގޯލުންނެވެ.
އޭގެފަހުން ޑަޔޮޓް އުޕަމެކާނޯއާއި ޖޯޝުއާ ކިމިކްގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، 26 ވަނަ މިނެޓުގައި އެލެކްސެންޑާ ޕަވްލޮވިޗް ވަނީ ބަޔާންގެ ދެވަނަ ގޯލް ޖަހައިދީފައެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން މައިކަލް އޮލީސޭ ބަޔާނަށް އިތުރު ގޯލެއް ޖަހައިދިން އިރު، ދެވަނަ ހާފު ކުރީކޮޅުގައި ޑިއާޒް ވަނީ އޭނާގެ ދެވަނަ ގޯލް ޖަހައިފައެވެ.
ދެވަނަ ހާފުގައި ކޭންގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ޑިއާޒް ހެޓްރިކް ފުރިހަމަކުރީ 69 ވަނަ މިނެޓުގައެވެ. މެޗު ނިމެން ދަނިކޮށް ލެއިޕްޒިގްގެ ހަމައެކަނި ގޯލް ޖަހައިދިނީ އަންދްރީޖާ މަކްސިމޮވިޗެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ކޮމެންޓް