ސަޕޯޓަރުން ފަރާތުން ދެން ބޭނުންވަނީ އޭނާގެ ވެރިކަން ދަމަހައްޓައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ މާލޭގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ކުރަން ޖެހިފައިވަނީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. ކެމްޕޭން ޓީމުގެ ފަރާތުން ދެކެން ބޭނުންވަނީ ކެމްޕޭން ކާމިޔާބުކުރުމަށް ކުރި މަސައްކަތުގައި ދެއްކި އެކުވެރިކަން އެގޮތުގެ މަތިން އަނެއްކާވެސް ދެއްކުމަށް ކަމަށެވެ.
"ކަމެއް ހާސިލްކުރުން، ކަމެއް ހާސިލުކުރުމަށްފަހު އެކަން ދެމެހެއްޓުމަށްވުރެ ފަސޭހަވާނެ. ދެން މިއޮތީ ދެމެހެއްޓުން. ގައުމީ މަސައްކަތެއް، ވަރަށް ވަރުގަދަ މަސައްކަތެއް ކުރަން މިޖެހެނީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތީ ވަރަށް ހައްސާސް ދުވަސްވަރެއް ކަމަށާއި ގައުމު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ހުރިހާ މީހުންގެ އެކަތި ގަނޑެއްގެ ގޮތުގައި އެކުގައި ކުރިއަށްދާން ޖެހޭ ކަމަށެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ގައުމު ހަމަމަގަށް އެޅުވުމަށް އޭނާ ކުރައްވާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު