ޗައިނާއަކީ ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއުއެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ޗައިނާގެ ނޫހެއް ކަމަށްވާ "ޒިންހުއާ" އަށް ދެއްވި އިންޓަވިއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ވަނީ ރާއްޖޭ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކޮށްފައި ކަމަށެވެ. އަދި ބެލްޓު އެންޑް ރޯޑް އިނިޝިއޭޓުގެ ދަށުން ޗައިނާއިން ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްދީފައި ކަމަށެވެ.

މީގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބުރިޖު، މިހާރުގެ ނަމުންނަމަ ސިނަމާލެ ބުރިޖަކީ ވެސް ޗައިނާގެ އެހީގައި ހެދި ބުރިޖެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ރާއްޖެއަށް އެހީތެރިކަން ބޭނުންވޭ މިފަދަ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން. ޗައިނާގެ އިތުރުން އެހެން ގައުމުތަކުގެ އެހީއާ އެކު މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ ރާއްޖެ އަށާއި މި ސަރަހައްދުގެ ތަރައްގީ އަށް ވެސް މުހިއްމު ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ފައިދާ ދިވެހިންނަށް ކުރަމުންދާ ކަމަށެވެ. އަދި ބެލްޓު އެންޑް ރޮޑް އިނިޝިއޭޓަކީ ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައި މުހިންމު ރޯލެއް އަދާކުރާނެ މަޝްރޫއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަޝްރުއޫތައް ކުރިއަށް ގެންދިޔުމަށް އެފަދަ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޗައިނާ އަދި އެހެން ގައުމުތަކާއެކު ގާތް ގުޅުމެއް ބާއްވައިގެން އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ، ރާއްޖެއަށާއި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރުއޫތަކުގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވެފައިވާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ވެސް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.