ސައުދީ އަރަބިއާ ލީގުގެ ކްލަބަކަށް ކުޅޭތީ "ބޫ" ކުރިއަސް އެކަމަށް ރައްދުދީ، ސަޕޯޓަރުންނަށް ފާޑުކިޔަން ބޭނުން ނުވާ ކަމަށް އިންގްލެންޑްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނެފިއެވެ.
އިންގްލެންޑުން އެންމެފަހުން އޮސްޓްރޭލިއާއާ ދެކޮޅަށް ވެމްބްލީގައި ކުޅުނު މެޗުގައި، އެގައުމުގެ ކެޕްޓަން ބޭންޑްގައި ހެންޑަސަން ވަނީ ކުޅެފައެވެ. 1-0 ގެ ނަތީޖާއަކުން އެ މެޗުން އިންގްލެންޑް މޮޅުވި އިރު، އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ހެންޑަން 62 ވަނަ މިނެޓުގައި ބޭލުމުންވެސް އިނގިރޭސި ސަޕޯޓަރުން ވަނީ އޭނާއަށް "ބޫ" ކޮށްފައެވެ.
އިންގްލެންޑް ގައުމީ ޓީމަށް މިހާތަނަށް 79 މެޗު ކުޅެފައިވާ ހެންޑަސަން، މީގެ ކުރިން ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅެދީ އެ ކްލަބުގެ ކެޕްޓަން ކަންވެސް ކޮށްފައިވާ އިރު، ހެންޑަސަން އެ ކްލަބު ދޫކޮށްލީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ގައެވެ. ލިވަޕޫލް ދޫކޮށް ހެންޑަސަން ބަދަލުވީ ސައުދީގެ އަލް-އެއްތިފާގަށެވެ.
އެ ޓްރާންސްފާއާ އެކު އިނގިރޭސި ބައެއް ސަޕޯޓަރުން އޭނާއަށް ފާޑު ކިޔާފައިވެއެވެ. އެއީ ސައުދީގައި އެއްޖިންސުން ގުޅުން ހިންގުމާއި ދީނީ މިނިވަންކަމަށް ޖާގަ ނޯންނާތީ ކަމަށް ބުނެއެވެ. އެ މައްސަލަތަކުގައި އާންމުކޮށް އިނގިރޭސި ސަޕޯޓަރުން ގައުމުތަކުގެ ސަގާފަތާއި ދީނަށް އިހުތިރާމް ކުޑަކުރާތަން ފެނިފައިވާ އިރު، ބެލެވޭ ގޮތުގައި ހެންޑަސަންއަށް ބޫ ކުރީވެސް އެހެންވެއެވެ.
"އަހަންނަކަށް ނޭނގެ ބޫ ކުރަން ޖެހޭ އެއްވެސް ސަބަބެއް. އެހެން ގައުމެއްގެ ލީގަކަށް ކުޅޭތީ ފާޑުކިޔާނަމަ ކިޔަންވީ. ބޫ ކުރަންވެސްވީ. އެކަމަކަށް ފަރުވާލެއް ނެތް. އަހަންނަށް އެކިޔާ ފާޑުކިޔުންތައް ހިފަހައްޓާލައިގެން ހުންނާނަން. އަހަރެން ގައުމީ ޓީމަށް ކުޅެނީ މި ގައުމު ތަމްސީލުކުރުމުގެ ޝަރަފަށް. ކޮންމެ ކްލަބަކަށް ކުޅުނަސް އިންގްލެންޑަށް ކުޅެން ލިބޭ ފުރުސަތުތަކުގެ ބޭނުންކުރާނަން. އަދި އިތުރަށް ކުޅެން ބޭނުންވެސް ވޭ. އެއްވެސް އިރަކު ގައުމީ ޓީމަށް އޮތް ލޯބި އަދި ފަނޑެއް ނުވޭ،" ހެންޑަސަން ބުންޏެވެ.
ހެންޑަސަންއަށް "ބޫ" ކުރުމާ ގުޅޭ ގޮތުން އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓްވެސް ވަނީ ސަޕޯޓަރުންނާ ސުވާލު އުފައްދައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު