އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް ދާއިރާއަކަށް ވާދަކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން މަޝްވަރާކޮށްފިއެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރު މިއަދު ކުރެއްވި ވިދާޅުވީ އަދާލަތުން ރޭ ބޭއްވި އެ ޕާޓީގެ އިދާރީ ބައްދަލުވުމުގައި މަޖިލީހުގެ ފަސް ދާއިރާއަކަށް ވަދާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އެކަމާމެދު ގޮތެއް ނިންމުމުގެ ޕާޓީގެ ގޮފިތަކާއި ދާއިރާތަކާއެކު އިތުރަށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން މަޝްވަރާ ކުރީ ކޮން ދާއިރާތަކުން ވާދަކުރުމަށް ކަމެއް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.
އަދާލަތުން ވާދަކުރި މަޖިލިސް އިންތިހާބުތަކުގެ ތެރެއިން އެ ޕާޓީއަށް މިހާތަނަށް ކާމިޔާބު ކުރެވުނީ އެންމެ ގޮޑިއެކެވެ. އެއީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގެ މަކުނުދޫ ދާއިރާއެވެ. އަދާލަތު ޕާޓީގެ ފަރާތުން އެ ދާއިރާއަށް އެފަހަރު ވާދަކުރެއްވީ ޑރ. އަނާރާ ނައީމްއެވެ. އަނާރާ މިހާރު ވަނީ އަދާލަތުން ޕާޓީން ވަކިވެވަޑައިގެންފައެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވަނީ 19 ދާއިރާއަކަށް ވާދަކޮށްފައެވެ. އެއިން އެއްވެސް ދާއިރާއެއްގެ މަޖިލިސް ގޮޑި އާދަލަތައް ކާމިޔާބުވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު