ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި، ދައުލަތުން އެދުނު ހެކިތައް ދައުލަތުން އެދުނު ގޮތަށް ސިއްރު ކުރަން ކުރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ މި މައްސަލައިގެ އަޑުއެހުމުގައި، ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކި ރައްކާތެރި ކުރުމުގެ އަމުރެއްގެ ދަށުން ރައްކާތެރި ކޮށްދިނުމަށް ދައުލަތުން އެދޭ ހެކިތަކަކީ، މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހިއްސާ ކޮށްފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ފައިނަލް ރިޕޯޓްތަކާއި އެ ރިޕޯޓާއެކު ހިއްސާ ކޮށްފައިވާ ރަޖިސްޓްރީގެ އިތުރުން، މި މައްސަލައިގެ ތަހުގީގުން ހޯދާފައިވާ އައިޑީކާޓްގެ ނަމްބަރުގެ 14 އޯގަސްޓް 2023ގެ ޑުޕްލިކެޓް ލިސްޓް އާއި އެއާއެކު ތިނަދޫ ޕޮޕިއުލޭޝަން ލިސްޓް ހިމެނޭ އެއް ސީޑީ ކަމަށެވެ.
އެ ހެކިތައް ރައްކާތެރި ކުރަން އެދޭ ސަބަބަކީ ވަކި މިންވަރަކަށް ނޫން ގޮތަކަށް އާއްމު ނުކުރަން ދައުލަތުން އެދޭ ސަބަބަކީ މި ހެކިތަކުގައި މައްސަލައިގެ ހަސްމުން ފިޔަވައި އެހެން މީހުން އަދި ދައުލަތުގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޒާތީ މައުލޫމާތު ހިމެނޭތީ ކަމަށްވެސް ވިދާޅުވިއެެވެ.
އެގޮތުން ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާމަލާތް ތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމަށާއި އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން މިލިއުންތައް ދައުވާ ރައްދުވާ ފަރާތައް ދޫކޮށްފިނަމަ މުޖުތަމައުގެ ތެރެއަށް ފެތުރެމުން ދިއުމުގެ ފުރުސަތު އޮތަތީ މިތަކެތި ނަކަލު ނުކޮށް ދައުވާ ލިބޭ ފަރާތާ ހަވާލު ކުރުމަކީ ގާނޫނުއަސާސީގައި ހިމާޔަތްކޮށްދީފައިވާ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު އިންސާފު ގާއިމްކުރުމަށްޓަކައި ޒަރޫރަތްތެރިކަން އޮތް މިންވަރަށް މެނުވީ މި ހެކިތަން ހާމަ ނުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ހެކިތައް ދައުވާ ލިބޭ ފަރާތައް ނަކަލުކޮށް، ދޫކުރުމުގެ ބަދަލުގައި ފަނޑިޔާރު ކަނޑައަޅާ ޝަރުތުތަކަކާ އެކު ކޯޓުގައި، ލިއުންތަައް ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދެއްވައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް ދައުލަތުގެ ވަކީލު ހުށަހެޅުއްވިއެވެ.
މި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ބަހާއެކު، ދައުލަތުން އެދުނު ގޮތަަށް އެދުނު މިންވަރަަށް އެ ހެކިތައް ސިއްރު ކުރަން މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ގާޒީ ވަނީ ކަނޑައަޅުއްވައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް