ދިރާގު ފިންޓޭކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ބޯބާ ލިބޭނީ ޗާންދަނީ މަގުގައި ހުންނަ ވިކްޓޯރިއަސް ކެފޭ- އިންޑިގޯ އަދި ވިކްޓޯރިއަސް އެވެނިއުއިން ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުރަތަމަ 1،000 ކަސްޓަމަރުން ހަމަވަންދެންނެވެ.
މިހާރުގެ ދިރާގުޕޭ ކަސްޓާމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓަރީ ވުމަށް ފަހު، ޓޭކް-އަވޭގެ ހިދުމަތުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނީ އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ދިރާގުން ބުނީ މީގެ ކުރިންވެސް ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި ކަމަށެވެ. އަދި މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް