އުންމީދަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސްއަށް މަގާމުތަކެއްވެސް ލިބުން ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުންގެ ޝާމިލުވާނެ އޮންނާނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ އެ ޕާޓީގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފެވެ. އޭގެ ފަހުން އެ ޕާޓީގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފައެވެ.
ޑިމޮކްރެޓުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓުންގެ އުންމީދަކީ މުއިއްޒުގެ ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމުގެ އިތުރުން އެ ސަރުކާރު ހިންގުމުގައިވެސް ބައިވެރިވުން ކަމަށެވެ.
"(އުއްމީދަކީ) ސަރުކާރު ހިންގުމުގައި، އޭގެ މާނައަކީ ސަރުކާރުގެ މަގާމުތަކުގައިވެސް ޑިމޮކްރެޓުންގެ މެންބަރުންވެސް ތިއްބެވުން،" ހަސަން ލަތީފު ވިދާޅުވިއެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ އޭނާގެ ވެރިކަމުގައި މަގާމުތަކަށް އައްޔަން ކުރައްވާނީ އޭނާގެ ބަސް ވިކޭނެ ބޭފުޅުން ކަމަށާއި ސަރުކާރުގައި އެހެން ބައެއްގެ ބާރު ނުހިނގާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު