އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 17 ގައި ބާއްވާ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ހަމަޖައްސަމުން އަންނައިރު، ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް އިއްޔެ ދިން އިންޓަވިއުއެއްގައި ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެއްވުމަށް އެދިވަޑައިގެން އިންތިގާލީ ރައީސްގެ އޮފީހުން އެ މަނިކުފާނަށް ގުޅުއްވި ކަމަށެވެ.
އެހެންކަމުން އެ ދައުވަތު ދެއްވާނެ ކަމަށާއި އުއްމީދަކީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމަށް ދައުވަތު ދެއްވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށްވެސް މޯދީ ވަޑައިގެންނެވިއެވެ. އެ ފަހަރު މޯދީ ރާއްޖެއަށް ކުރެއްވީ ކުރު ދަތުރުފުޅެކެވެ. އެގޮތުން ހުވާކުރައްވާ ދުވަހު ރާއްޖެ ވަޑައިގަތުމަށް ފަހު ހަމަ އެ ދުވަހު ވަނީ އެނބުރި ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު