އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ހޯދަން މަސައްކަތް ކުރާނީ، ޕީޕީއެމް/ޕީއެންސީ ގުޅިގެން ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތްކުރެވޭ ގޮތަކަށް ކަމަށް އިންތިހާބީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ގެންގުޅުއްވާ ވިސްނުންފުޅާ ބެހޭގޮތުން "ވަން މީޑިއާ" އިން ސުވާލު ކުރުމުން، މުއިއްޒު ވިދާޅުވީ "ޕީޕީއެމް ޕީއެންސީ ގުޅިގެން އެއްޓީމެއްގެ ގޮތުގައި އެކީގަ މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް، އެހެން ބައެއް ޕާޓީތަކާއެކުވެސް އެކީގަ މަސައްކަތް ކުރެވޭނެ ފޯމިއުލާއެއްގެ ތެރެއިން މަޖިލީހުގެ މެޖޯދިޓީ ހޯދުން އެއީ ޕޮލިސީ،" ކަމަށެވެ.
ރިޔާސީ އިންޔިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް، ޕީއެންސީއާ އިތުރު ދެޕާޓީ ވަނީ ގުޅިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ އެމްއެންޕީ އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަންސިޔާމް)ގެ އެމްޑީއޭއެވެ.
ކޮންމެ ދައުރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެގޮތުން ކޮންމެ 10،000 މީހަކަށް އެމްޕީއެއް ހުރުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މިވަގުތު އެމަނިކުފާނު މަޖިލީހަށްވަޑައިގެން އެގޮތަށް ހަދަން ދަންނަވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ މަޖިލީހުގައި މަޝްވަރާކޮށގެން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު