ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފަން ޅ. އަތޮޅުގެ މެޖޯރިޓީވެސް އެ މަނިކުފާނަށް ގެއްލިއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިންވަރު އަދި ކުރެންދޫ ފިޔަވައި އެހެން ހުރިހާ ރަށަކުން ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޅ. އަތޮޅުގައި ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ 9،033 މީހުންގެ ތެރެއިން 8,164 މީހަކު ވޯޓު ލާފައިވާއިރު، ޅ. ހިންނަވަރަށް އުފަން ރައީސް ސޯލިހަށް ޅ. އަތޮޅުން ލިބިވަޑައިގެންނެވީ 3,679 ވޯޓެވެ. އެ މަނިކުފާނުގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވީ 280 ވޯޓުގެ ތަފާތަކުން، 3,959 ވޯޓުންނެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 އަށްވުރެ ގިނަ ވޯޓެވެ.
ރައީސް ސޯލިހު 2018 ވަނަ އަހަރު ރައީސްކަމަށް އިންތިހާބުވުމުގެ ކުރިން ޅ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ރައީސަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫން އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު