ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަންޖެހޭ 93 ދާއިރާއާ އެކު އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީން މިއަދު މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާ ކަމަށެވެ.
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އީސީން ރޭ ކުރި އިއުލާނެއްގައި ބުނީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު