ވެރިކަން ލިބިވަޑައިގެންފިނަމަ މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތައް ފުށި ދިއްގަރުފަޅަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައިނުވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދަނީ މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ދައުރުކުރަމުންނެވެ. އެ އޯޑިއޯ ޓުވިޓާގައި ލީކުކޮށްލާފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރެވެ.

މޫސާ އަންވަރުގެ އެ ވީޑިއޯއަށް ކޮމެންޓްކުރައްވައި މުއިއްޒު ވިދާޅުވީ، އެ ވީޑިއޯއަކީ ފޭކެއް ކަމަށެވެ.

"މިކަމުން ދައްކުވައިދޭ އެންޓި ކެމްޕެއިން ކުރާ މީހުންގެ ފެންވަރު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ، މި ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް އޭނާގެ ސަރުކާރެއްގައި އަތުނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ނޫންވެސް ރައްޔިތުންނަށް ދީފައިވާ އެއްވެސް އެއްޗެއް އެ ރައްޔިތުންގެ ކިބައިން އަތުނުލައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.