ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، ކުރިއާ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި ކެނަބިސް ފަތްތަކެއް ފެނިފައިވާ ކަމަށެވެ.
އެގޮތުން އެ ޕާރުސަލުން ފެނުނު ކެނަބިސް ފަތްތަކުގެ ބަރުދަމް 490 ގްރާމަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން މިހާރު ވަނީ އެ ތަކެތި ތަހުގީގުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައެވެ.