ޚަބަރު

ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޒީ އަލް އުސްތާޒް އަހުމަދު ނިމާލް ޖުނެއިދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ދޭ ދަންވަރު 1:00 އެހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ނިމާލް އަވަހާރަވީ އިރު އިރު، އުމުރަކީ 36 އަހަރެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ނިމާލް އައްޔަން ކުރީ، މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ.