ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވައިނައިގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މިހާތަނަށް ނަތީޖާ ލިބިފައިވާ ވޯޓު ފޮށިތަކުން މުއިއްޒަށް 45.93 ޕަސަންޓޭޖު ވޯޓު ވަނީ ލިބިފައެވެ. ރައީސް ސޯލިހު ދެވަނައިގައި އޮތްއިރު އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ 39.21 ޕަސަންޓެވެ.
މީރާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ބިރުވެރިކަމެއް ކަމަށެވެ.
"އެހެންކަމުން ދެވަނަ ބުރެއްގައި ވޯޓު ދޭނީ ރައީސް ސޯލިހަށް،" މީރާ ވިދާޅުވިއެވެ.
މިހާތަނަށް 574 ވޯޓު ފޮށީގެ ތެރެއިން 551 ވޯޓު ފޮށި ވަނީ ގުނައިފައެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރަކަށް ދާނެކަމަށް ބެލެވެއެވެ.
ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލުޔަފާތުވި ހިސާބުން މީރާ ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މީރާާ ވަނީ އެއީ ރައީސް ސޯލިހުގެ ސަރުކާރުން ކުރެއްވި ކަމައް ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ.
މި ރިޔާސީ އިންތިހާބުގައި ނަޝީދު ތާއީދުކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު