ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:09 ހާއިރު ކަމަށާއި އެ ހާދިސާ ހިނގައިފައިވަނީ ހުޅުމާލެ ބަނދަރު ނެރު ކައިރިން ކަމަށް އެމްއެންޑީއެފުން ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް ވަގުތުން މެރިން ފުލުހުންނާއި ކޯސްޓުގާޑުގެ ސެކަންޑު ސްކޮޑްރަން ފޮނުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކްސިޑެންޓު ވެފައިވަނީ ލިއޯ ޓްރޭޑިންގެ ލޯންޗަކާއި ޖޯއި އައިލެންޑުން ފުރައިގެން އެއާޕޯޓަށް ދިޔަ ލޯންޗެއް ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކްސިޑެންޓުގެ ސަބަބުން ލިއޯގެ ލޯންޗުގައި ތިބީ ދިހަ މީހުން ކަމަށާއި އޭގެ ތެރެއިން ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގެ އީއާރަށް ގެންގޮސްފައިވާ ކަމަށާއި އެ ލޯންޗުގެ ކެޕްޓަންގެ ހާލު ސީރިއަސް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޖޯއި އައިލެންޑުން ފުރައިގެން އެއާޕޯޓަށް ދިޔަ ލޯންޗުގައި ތިބީ 13 ޕަސެންޖަރުންނާއި ތިން ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ލޯންޗުގައި ތިބި ހުރިހާ މީހުން އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކު ކަނޑުމައްޗަށް ގެއްލިފައިނުވާކަން ކަށަވަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު