ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިޔަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަލުތައިގެންފިއެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 21 ވަނަ ދުވަހު 103UL އިން މެލޭޝިއާއިން އައި އެއާ ކާގޯ ޝިޕްމެންޓެއް ޗެކްކުރަމުން ދިޔަ އިރު ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެގޮތުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު 1.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމުލަ 1628 ގުރާމް ހުރި އިރު، މަގުމަތީ އަގު ދެ މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާ ކުރެއެވެ
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު