ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގެ ފަސް އަހަރު ތެރޭގައި 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވައި ދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލަކުގައި މިރޭ ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ އަމިއްލަ ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރަން ދިއުމުގެ ގާބިލުކަން ލިބިފައިނުވާ މީހުން ހައްޖަށް ދިއުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
"ބަހާލައިގެން ފުރަތަމަ އަހަރު 100 މީހުން މުޅި ފަސް އަހަރު ތެރޭ 1،000 ފަގީރުން ހިލޭ އިރާދަކުރެއްވިއްޔާ ހައްޖަށް ގެންގޮސްދޭނަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހައްޖު ކޯޕަރޭޝަން އިސްލާހުކޮށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދާނެ ކަމަށާއި އޭރުން ހައްޖުގެ އަޅުކަމަށް ދިއުމަށް މިހާރު ހޭދަކުރަންޖެހޭ ފައިސާގެ އަދަދު އެތައް ގުނައަކުން މަދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ގާނޫނުން ބާރު ދީފައިވާ ތަނެއްގެ ގޮތުގައި މުޅިން އަލަށް މޯލްޑިވްސް ޒަކާތު ހައުސްއެއް އުފައްދައި، އެ ފަންޑު ވަރުގަދަކޮށް އޭގެން އިސްލާމީ ޝަރީއާ އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު