ދ. ކުޑަހުވަދޫ ބަނދަރު ހަދަން ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ޖުމުލަ 83.33 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ 500 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް:
- 52,386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 5,545 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
- 50,736 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
- 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 115 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
- 321 މީޓަރުގެ ސަރަހައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮށި/ ބޭރު ރިވެޓްމަންޓް ޖެހުން
- 266 މީޓަރުގެ ސަރަހައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮށި/ އެތެރޭ ރިވެޓްމަންޓް ޖެހުން
- 372 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- މޫރިން ބޮއެ ހަރުކުރުން
- 70 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
- 90 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
- 2,265 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު