ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ހއ. މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފުތިތާހުކޮށްފިއެވެ.
މުރައިދޫ ފެނުގެ ނިޒާމު އިފުތިތާހު ކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ދައުލަތުގެ ވަޒީރުންނާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫއުގެ ދަށުން މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި ރިޖެކްޓް ލައިން އަޅާފައިވާއިރު ފެން ރައްކާކުރުމަށްޓަކައި ފެންތާނގީވެސް ބަހައްޓައި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދީފައިވެއެވެ.
ހައުސިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ ހަވާލުކުރި މި މަޝްރޫއުއަކީ ޖުމުލަ 46.85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު