އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށްފިއެވެ.
އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށް އިއުލާންކޮށްދެއްވީ އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމުގެ ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ބައިވެރިވިއެވެ. ރައީސް ސޯލިހުގެ ފަރާތްޕުޅުން ވަޑައިގެންނެވީ އިންތިހާބީ އެޖެންޓް އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް (ނާނު) އެވެ. ނާޒިމްގެ ފަރާތުން ވަޑައިގެންނެވީ އިންތިހާބީ އެޖެންޓް، އަދި އެމްއެންޕީގެ ނައިބު ރައީސް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުސާމެވެ.
ކެންޑިޑޭޓުން ނަމްބަރުތައް:
1. އުމަރު ނަސީރު - އަމިއްލަ ގޮތުން
2. ހަސަން ޒަމީލް - އަމިއްލަ ގޮތުން
3. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - އެމްޑީޕީ
4. ޑރ. މުހައްމަދު މުއިއްޒު - ޕީއެންސީ
5. ގާސިމް އިބްރާހިމް - ޖޭޕީ
6. ފާރިސް މައުމޫން - އަމިއްލަ ގޮތުން
7. އިލްޔާސް ލަބީބް - ދަ ޑިމޮކްރެޓްސް
8. މުހައްމަދު ނާޒިމް - އެމްއެންޕީ
ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ނަންތައް މިއަދު ތަރުތީބު ކޮށްފައިވާއިރު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މިއަދު ވަނީ ބަންދުވެފައެވެ.
ރިޔާސީ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި މިރެއިން ފެށިގެން ރިޔާސީ އިންތިހާބުގެ ކަންކަން ނިމެންދެން ކެންޑިޑޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު