ހދ. ހަނިމާދޫން ޢަލީ ޔާމީން (ވަން އޮންލައިން)
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ވާދަކުރާނެ ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނަށް ޗެލެންޖެއް ނޫން ކަމަށް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. ހަނިމާދޫއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަވާ އެންމެނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުމަށް ކަމަށެވެ.
"ޕީޕީއެމުން ވާދަކުރާނެ، އެކަމަކުވެސް އެއީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރުމަކަށް އޮތް ޗެލެންޖެއް ކަމަށް ނުދެކެން،" ރައީސް ވިދާޅުވިއެވެ.
ޕީޕީއެމް ޗެލެންޖަކަށް ނުވާ ސަބަބު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުން މި ސަރުކާރު ބަލައިގެންފި ކަމަށާއި އެކަން ރަށްރަށުން ސާފުކޮށް ފެންނަ ކަމަށެވެ. ނަމަވެސް އެދެނީ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު