ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާން ނިންމަވައިފިއެވެ.
ރައީސް ސޯލިހު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތްތައްވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ދެ ދުވަހަށް ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕެއިން ޖަލްސާއެއް ބާއްވަވާނެ އެވެ.
މި ދަތުރުފުޅު ނިންމަވައިލައްވައި އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހު އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އެންމެ ފަހުން ވަޑައިގަތީ ހއ އަތޮޅަށެވެ. ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅަށްފަހު ދެން ވަޑައިގަންނަވާނީ ށ. އަތޮޅާއި ހދ. އަތޮޅަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު