ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި، މިއަދު ޕެރޭޑާއި ފުޅަނދުބުރާ ބާއްވަން ހަމަޖައްސާފައިވާތީ، އެ މަގުތައް މެންދުރުފަހު 3:00 އިން ފެށިގެން ދަތުރުފަތުރަށް ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރާއި ޕެރޭޑް މިއަދު ބާއްވާއިރު، އެ ކަމާ ގުޅިގެން އެހެން މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
- 1- ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކުރިމަތި
- 2- ސޯސަން މަގު/ ދިވެހި އެކެޑެމީ ކުރިމަތި
- 3- މަޖީދީމަގު/ ޗާނދަނީ މަގު ހަތަރު އަގޮނޅި
- 4- މަޖީދީމަގު/ މިލިއަން ބުކްޝޮޕް ކުރިމަތި
- 5- ބޮޑުތަކުރުފާނުމަގު/ ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި.
- 1- ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކުރިމަތި
- 2- ސޯސަން މަގު/ ދިވެހި އެކެޑެމީ ކުރިމަތި
- 3- މަޖީދީމަގު/ އޮލިމްޕަސް ކުރިމަތި
- 4- މަޖީދީމަގު/ މާލޭ ގްރޭންޑް ކުރިމަތި
- 5- ޗާންދަނީމަގު/ ދާރުލްއާސާރު ކުރިމަތި.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްރޭޑް ފަށާނީ މިއަދު ހަވީރު 4:30 ގައެވެ. އަދި ފުޅަނދު ބުރު ފަށާނީ މިރޭ 8:00 ޖަހާއިރުއެވެ.
ކޮވިޑާ ގުޅިގެން މިދިޔަ ތިން އަހަރު ދުވަހު ފުޅަނދު ބުރު ބާއްވައިފައެއް ނުވެއެވެ. ފުޅަނދު ބުރު އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުއެވެ. މި އަހަރުގެ މިނިވަން ދުވަހަކީ ކޮވިޑަށް ފަހު އެންމެ ކުލަ ގަދަކޮށް މި ދުވަސް ފާހަގަކުރާ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު