ތ. ތިމަރަފުށީގައި ބިދޭސީ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ތިމަރަފުށީގައި ބިދޭސީ އަންހެނަކު ދިރިއުޅެމުންދާ ގެއަށް މީހަކު ވަދެ، އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ތިމަރަފުށީ ކައުންސިލުގެ މެމްބަރު އަލީ ޝާހު "ވަން"އަށް މިރޭ ވިދާޅުވީ އެ އަންހެން މީހާއަކީ އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ އިންޑިއާއަށް ނިސްބަތްވާ ނަރުހެއް ކަމަށެވެ.
އަލީ ޝާހު ވިދާޅުވީ އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.
"އެ އަންހެން މީހާ ނިދާފައި އޮއްވައި ރޭ ފަތިހު އެ ގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހަކު އެއްޗެއްގައި އަޅައިގަނެގެން ވެއްޓުނީ. އެއީ ފަތިހުގެ ވަގުތަކަށްވެފައި ގޭތެރެއިން މީހަކު ފެނުނީމާ އެ އަންހެން މީހާ ވަރަށް ބާރަށް ހަޅޭއްލެވީ. ރޭޕް ކޮށްގެންނެއް ނޫޅޭ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ހަވީރު ވެސް އެ އަންހެން މީހާ އެ ރަށު މަގުމަތިން ފެނުނު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު