އެމްޑީޕީގެ ތެރެއިން ލާދީނީ ފިކުރު ނެތިގެން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި އެކަމާ ރައްޔިތުންވެސް މިއަދު އުފާކުރާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް އެހެން ވިދާޅުވީ, އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސިޔާމް ވިދާޅުވީ, ބޭރު ގައުމުތަކަށް ގޮސް މާތް الله އަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހި މީހުން ކުރިން އެމްޑީޕީގައި ތިބި ނަމަވެސް މިއަދު އެ ލާދީނީ ފިކުރު އެ ޕާޓީގެ ތެރެއިން ނެތިގެން ހިނގައްޖެ ކަމަށެވެ. އަދި އެކަމާ އުފާކުރައްވާ ކަމަށާއި މިއަދު އެމްޑީޕީއަށާއި އެމްޑީއޭއަށް ވަންނަން ބޭނުންވާ ރައްޔިތުން އިތުރުވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ, އޭނާ ދުށް ފަސް ރައީސުލްޖުމްހޫރިއްޔާގެ ތެރެއިން ކަމަކަށް ވައުދުވެއްޖެއްޔާ އެ ވައުދު ފުއްދަވައި، އަދި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް އަވަސްމިނުގައި ގެންދެވި ހަމައެކަނި ރައީސަކީ, ރައީސް ސޯލިހަށް ކަމަށާއި އެއީ ހަގީގަތް ކަމަށެވެ.
"އަޅުގަނޑުމެންގެ ރައީސްގެ އަރިހުން އަޅުގަނޑަށް މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ. މަޑުމައިތިރިވުމުގެ އެންމެ މަތީ ދަރަޖަ. ކަންތައްތައް ކުރުމުގައި އަވަސް އަރުވާލައިގެން ނޫޅެ، އެކަންތައް ކުރަންޖެހޭ އެންމެ ރަނގަޅަށް ކުރީމައި މި ދެންނެވި ކަންތައްތައް ހާސިލުވެގެން މިދަނީ،" ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު