ޕީއެސްޖީގައި ކުޅުމުން މާ ބޮޑު ފައިދާއެއް ނުވާ ކަމަށާއި، އެ ކްލަބަކީ ބައިބައި ކުރުވާ ކްލަބެއް ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ޕީއެސްޖީއާއި އެމްބާޕޭގެ ގުޅުން ގޯސްވެފައި ވަނީ އެއްބަސްވުމުގެ މައްސަލައިގައެވެ. އުމުރުން 24 އަހަރުގެ އެމްބާޕޭ، ކުރިއަށް އޮތް ސީޒަންގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ނަމަ، މިހާރުން މިހާރަށް އެއްބަސްވުން އާ ކުރަންޖެހޭ ކަމަށް ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ ވިދާޅުވެފައެވެ. އެމްބާޕޭ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެ އެއްބަސްވުން ހަމަވުމާ އެކު މަޑުކުރަން ބޭނުންވާ ނަމަ، އެމްބާޕޭއަށް އެއްބަސްވުން އާ ކުރުމަށް ބާރު ލިބެއެވެ. ނަމަވެސް، އެމްބާޕޭ ބުނީ އަންނަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށެވެ.
އެމްބާޕޭ ބުނީ ކްލަބު ދޫކޮށްލަން ވިސްނަނީ މި ސީޒަނަށް ފަހުގައި ކަމަށެވެ. އެހެންކަމަށްވާ ނަމަ، އެމްބާޕޭ އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާ އެއްގައެވެ. އެގޮތް ޕީއެސްޖީން ބޭނުންނުވާ އިރު، ކްލަބުގެ ރައީސް ނާސިރު ވިދާޅުވަނީ އެމްބާޕޭ ހިލޭ ދޫކޮށް ނުލާނެ ކަމަށާއި ކުރިއަށް އޮތް ސީޒަންގައި މަޑުކުރެވޭނީ އެއްބަސްވުން އާކޮށްގެން ކަމަށެވެ. އެހެން ނޫންނަމަ މި ހިނގާ ޓްރާންސްފާ ސީޒަންގައި އެމްބާޕޭ ވިއްކާލަންޖެހޭނެ ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.
އެ މައްސަލައިގައި އެމްބާޕޭއާއި ޕީއެސްޖީގެ ގުޅުން ގޯސްކޮށް އޮއްވާ އެމްބާޕޭ ޕީއެސްޖީއަށް ފާޑު ކިޔާފައި ވަނީ ފްރާންސް ފުޓްބޯލް މެގަޒިންއަށް ދިން އިންޓަވިއުއެއްގައެވެ.
"ޕީއެސްޖީއަށް ކުޅެގެން މާ ބޮޑު ފައިދާއެއް ނެތް. އެ ކްލަބަކީ ބައިބައި ކުރުވާ ކްލަބެއް. ދޭތެރެޖެހޭ ކްލަބެއް،" އެމްބާޕޭ ބުންޏެވެ.
މިދިޔަ ސީޒަނުގައި އެކަނިވެސް އެމްބާޕޭ ޕީއެސްޖީއަށް 41 ގޯލު ޖަހައިދީފައިވާ އިރު، އެ ކްލަބުން ވަނީ 11 ވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފައެވެ. އެހެން ނަމަވެސް، ޕީއެސްޖީގެ އަސްލު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު، މިދިޔަ ސީޒަނުގައިވެސް ލިބޭނެ ގޮތެއް ނުވިއެވެ.
"އަހަރެމެންނަށް ހުރި ފެންވަރަކުން އެކަމަށް މަސައްކަތް ކުރިން. ދެން ޖެހޭނީ ޓީމު ބިނާކުރާ، ޓީމަށް މީހުން ގެންނަ މީހުންނާ ވާހަކަ ދައްކަން. އެއީ އެމީހުންގެވެސް މަސައްކަތެއް،"
އެމްބާޕޭއާއި ޕީއެސްޖީއާ ދެމެދު މައްސަލަ ގޯސްވެފައިވާ އިރު، އޭނާ މިވަގުތު ހުރީ ޗުއްޓީގައި ކެމަރޫންގައެވެ. ޕީއެސްޖީގެ އާ ކޯޗު ލުއިސް އެންރިކޭއާއެކު މިއަދު ތަމްރީނުތައް ފަށަން އޮތް ނަމަވެސް، އެމްބާޕޭ ޓީމާ ގުޅޭނީ ފަހުންނެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ