މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ އައިސްފައި ވަނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ. އެ ކުންފުނީގެ ހަވާލުގައި 90 މީހުން ހައްޖަށް ދިޔައެވެ. އެ އެންމެންވެސް މިއަދު ވަނީ މާލެ އައިސްފައެވެ.

ހައްޖުވެރިންގެ ދެވަނަ ގްރޫޕްވެސް މިއަދު ރާއްޖެ އަންނާނެއެވެ. ދެވަނަ ގްރޫޕުގައި ރާއްޖެ އަންނާނީ ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ. ދެން ހައްޖުވެރިން ރާއްޖެ އަންނާނީ މި މަހުގެ 10 ވަނަ ދުވަހާއި 14 ވަނަ ދުވަހުއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ދިވެހި ހަތަރު ހައްޖުވެރިޔަކު ވަނީ މަރުވެފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 1،000 ކޯޓާ ވަނީ ލިބުނެވެ. ހައްޖަށް މީހުން ގެންދިއުމަށް ރާއްޖޭގެ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، ކޮންމެ ކުންފުންޏަކަށް ވަނީ 90 ކޯޓާ ދީފައެވެ.