ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވެރިކަމުގެ ދަހިވެތިކަމުގައި އެހާ ވަރަށް އުޅުއްވާން ނުވާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފިން ކަމަށާއި ޝައުގުވެރިވާ ކަމަކީ އެކަން ކުރެއްވުން ނޫން ކަމަށެވެ.
"ވަންނަވަންތޯ ވާހަކައެއް. ވެރިކަމުގެ ދަހިވެތިކަމުގައި އެވަރަށް އުޅުއްވާކަށް ނުވާނެ އެއްވެސް ބޭފުޅެއް. އަބަދު އަބަދު އަބަދު ދެވަނަ ދައުރެއް ހޯއްދެވުމަށް، މި ދައުރަށް އިންތިހާބު ވުމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ޝައުގުވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފާއި ތަނަވަސްކަން ހޯދައިދެއްވުމަށް ކަމަށެވެ. ހާއްސަކަމުގެ ތެރޭގައި ރައްޔިތުން ނޫޅޭނެ ގޮތްތަކެއް ހޯދުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެބަ އަޑު އިވޭ އެހެން ބޭފުޅުން ހަމަ ތަކުރާރުކޮށް މިވާހަކަ ދައްކަވާތަން. އަޅުގަނޑު ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަން މި ރާއްޖޭގެ ރައްޔިތަކު އެބަތިބި، އެރައްޔިތުންނަށް ހިދުމަތް ކުރުމަށް އެހީތެރިވުމަށް އަޅުގަނޑުމެން މިއުޅެނީ،" ނަޝީދު ވިދާޅުވިއެވެ.
ވެރިކަމުގެ ލައްޒަތާއި އަރާމުގެ ވާހަކަ އަބަދު ދައްކަވަމުން ގެންދަވަން ނުވާނެ ކަމަށާއި އަބަދު ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަން ނުވާނެ ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއްވެސް ބޭފުޅަކު ވެރިކަމަށް ދަހިވެތިވެގެން ނޫޅުއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު