އެމްޑީޕީގެ ކަންކަން ކުރިއަށް ގެންދަވާނީ އެޕާޓީގެ އާންމު މެންބަރުން ބޭނުންވާ ގޮތަށް ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު މަޖިލިސް ރައީސްކަމާއި އެމްޑީޕީގެ ރައީސްކަމުގައި އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ ގާތްގަނޑަކަށް ހުރިހާ އާއްމު މެންބަރުންނާ ވާހަކަދައްކަވާފައި ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އާއްމު މެންބަރުން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ މެންބަރުންގެ ނަންބަރާއި އުޅޭ ގެތައްވެސް ދަންނަ ކަމަށެވެ. އަދި އެ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ އެހެން ބޭފުޅެއް ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެ ބޭފުޅުން ނޭދޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން. އަޅުގަނޑު އެމްޑީޕީއާ ގުޅޭ ގޮތުން ހިންގާ ކަމެއްވެސް އަޅުގަނޑު ހިންގާނީ އެމްޑީޕީގެ އަގުލަބިއްޔަތު މެންބަރުން އެ ބޭނުންވާ ގޮތަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ލީޑަޝިޕުގެ ބޭފުޅުންނޭ ކިޔައިގެން މިހާރު އުޅުއްވާ ބޭފުޅުންނާ މެދު އާންމު މެންބަރުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރަން އެމްޑީޕީން ވަނީ 54 މެންބަރުންގެ ސޮޔާއެކު ވަނީ މަޖިލީހަށް ވައްދައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 50 މެންބަރަކުވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު