ފަނަރަ އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި، އެ ކުއްޖާގެ ބޮޑުބޭބެ 15 އަހަރު ދުވަހަށް ޖަަލަށްލާން ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މިކަން ހިނގާފައިވަނީ، 15 އަހަރުގެ އަންހެން އެކުއްޖާގެ މަންމަގެ ކޮއްކޮ (ބޮޑޫބޭބެ) ފައިގެ އިނގިއްޔެއް ހަލާކުވެގެން ބޭސް ފަރުވާއަށް މާލެ އައިސް އެ ކުއްޖާ އުޅޭ ގޭގައި ހުރުމުގެ ތެރޭގައެވެ.
މި މައްސަލައިގައި ވަނީ، އޭނާ އެ އަމަލު ހިންގީ، އެއްރެއަކު އެ ގޭގެ ސިޓިންރޫމްގައި އެ ކުއްޖާއަށް ނިދިފައި އޮތް ގަޑިއެއްގައި އެ ކުއްޖާއާމެދު ޖިންސީ އަމަލު ހިންގައި ދައްކަން ނުޖެހޭ ތަންތަން ދައްކައި އެތަންތަނުގައި އަތްލާން ބުނެފައިވާ ކަމަށެވެ.
މީގެ ކުރިން މި މައްސަލަ ހުށަހެޅީ އެމީހުން ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށެވެ. މި މައްސަލައިގައި ބޮޑުބޭބެ މައްޗަށް ކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މެޖިސްޓްރޭޓް ކޯޓުން ނިންމީ އެ މައްސަލަ ބޮޑުބޭބެގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
ނަމަވެސް އެ ހުކުމް ޕްރޮސިކިއުޓާ ޖެނެެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލު ކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އެކަށީގެންވާ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާއި، 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު