ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖައާކުރެއްވުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުގެ ލަފާފުޅުގެ މަތިން ކަމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފުސީލުތައް ސަރުކާރުން ހާމަކުރާނެ ކަމަށް ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފައެވެ. ނަމަވެސް، އިނާޔަތް ބޮޑުކުރާނެ މިންވަރު ރައީސް ހާމައެއް ނުކުރައްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު