ހުޅުމާލެ ހިޔާ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ފުޓްސަލް ދަނޑު ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އާބަންކޯއިން މިއަދު ބުނީ ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް މިހާރު ދިރިއުޅެމުން ދާއިރު، ސަރުކާރާ ގުޅިގެން އެ ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ، ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ފަށާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެ މަސައްކަތުގެ ތެރެއިން ހިޔާ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ދަނޑު ހެދުމަށް ޔޫތު މިނިސްޓްރީން ޒެބްކޯ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ހިޔާ ފްލެޓް 16 ކުރިމަތިން އިރަށް އޮންނަ ހުސްބިމެވެ.
އާބަންކޯއިން ބުނީ މި ފުޓްސަލް ދަނޑުތައް ތަރައްގީކުރުމަށް ޒެބްކޯއާ ހަވާލުކުރީ 4.2 އަށް ކަމަށާއި މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވެފައިވާ ކަމަށެވެ.
މި ދަނޑުތައް ހެދުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށާއި މިނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީ ކުރުމަށް ޔޫތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު