އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާކުރާ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުންތަކާ އެކު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފިއެވެ.
އިދިކޮޅުން ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން އަންގައިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައިވެރިވުމާ އެކު، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަށް އަނިޔާ ކުރަމުންގެންދާ ކަމަށެވެ.
އެގޮތުން އިއްޔެ ބޭއްވި އަޑުއެހުންވެސް 13 ގަޑިއިރަށް ދަންމާލި ކަމަށާއި އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ،
"އެނގިވަޑައިގަންނަވާނެ އެމަނިކުފާނަކީ ބުރަކަށިފުޅުގެ އާލާސްކަންފުޅެއްވެސް ހުންނަ ބޭފުޅެއް. އެކަމަކު އެކަމަށްވެސް ބެލުމެއް ނެތި މިކަން ކުރިއަށް މިގެންދަނީ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެން ނަމަވެސް އެމަނިކުފާނާ ބައްދަލުވެވަޑައިނުގަތް ކަމަށާއި އެޕޮއިންޓްމަންޓަކަށް އެދުމަށް ދެއްވީ އީމެއިލް އެޑްރެހެއް ކަމަށެވެ.
ޝިޔާމް ވަނީ، ރައީސް ޔާމީނަށް އަނިޔާކުރާ މައްސަލައިގައި ޖޭއެސްސީއަށްވެސް މިއަދު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ، އިދިކޮޅުން ގެންދަނީ ވެލާނާގެ ސަރަހައްދުގައި މުޒާހަރާވެސް ކުރަމުންނެވެ. ނަމަވެސް އެ ސަރަހައްދުން އެމީހުން ދުރުކުރުމުގެ މަސައްކަތް އެސްއޯ ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު