ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ދީނީ ދަރުސްތަކުގައި ވާހަކަދެއްކުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކޮށްފި އެވެ.
އިއްޔެ ގެޒެޓުކުރި އެ ގަވައިދުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ ވަކި ޖިންސެއްގެ މީހަކަށް ވާތީ ނުވަތަ އިސްލާމް ދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާ ކަމަށްޓަކައި އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށެވެ.
ސްކޫލުތަކާއި މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިިވެއެވެ.
މީގެ އިތުރުން ދީނީ އެކިއެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
- ކެންޑިޑޭޓަކު ނުވަތަ ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަރު ތާއީދު ހޯދުމަށް ހިންގާ ބައްދަލުވުމަކަށް ހުރަސް އެޅޭނެ ކަމެއް ނުކުރުން
- އެހެން ކެންޑިޑޭޓެއްގެ ޕޯސްޓަރު ފަދަ ތަކެތި ނުނެއްޓުން
- ކެންޑިޑޭޓަރު ބައްދަލުވުމެއް ބާއްވާ ތަނެއްގައި އެ ވަގުތަކާ ދިމާކޮށް އެހެން ކެންޑިޑޭޓަކު ބައްދަލުވުމެއް އިންތިޒާމު ނުކުރުން
- ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ކަރުދާހާއި ޕްލާސްޓިކުން ހަދައިފައިވާ ޕޯސްޓަރުތަކާއި ލީފްލެޓް ފަދަ ތަކެތީގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކުރަން އިސްކަން ދިނުން
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ނުކުރުން
- ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރުކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުން
- ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތު ދިނުމާއި މާލީ ނުވަތަ މަންފާއެއްވާ ފަދަ އެއްވެސް ކަމެއް ކޮށްދިނުމާއި ކޮށްދިނުމަށް ހުށަނޭޅުން
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 23 އިން އޮގަސްޓް ތިނަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު