ޕީޕީއެމްއާއި އެމްޑީޕީގެ ވެރިކަންވެސް ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށާއި ވެރިކަމުގެ ހަގީގީ މޫރިތިކަން ދެކެން ބޭނުންވާ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ރާއްޖޭގެ ވެރިކަމަށް ހޮވައިދެއްވުމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމްއަ ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ. ޖުމްހޫރީ ޕާޓީއަކީ މިހާރު ރާއްޖޭގައި އަމަލުކުރާ ވެރިކަމުގެ ނިޒާމުގެ އިންތައް ކަނޑައެޅި ފިކުރު ކަމަށާއި ރައްޔިތުން ބޭނުންވި ބަދަލުތައް ހޯދައިދިނުމުގައި "ރީފޯމިނިސްޓުން" ތިބި ޕާޓީ ކަމަށެވެ.
"އެހެންކަމުން ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ މޫރިތިކަން ހާގީގީ މާނައިގައި ދެކިވަޑައިގަންނަން ބޭނުންފުޅުވާ ނަމަ އެ ފުރުސަތު އަޅުގަނޑަށާއި ޖުމްހޫރީ ޕާޓީއަށް ދެއްވުން ކީއްތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ 2008، 2013 އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދީ ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް ކަމަށާއި ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނާއަށް ކުރިމަތިވެވަޑައިގަތީ ހީކުރެއްވި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ވެރިކަމުގެ ބާރު އިތުރަށް ވަރުގަދަ ކުރަން ހަދައި، މުއައްސަސާތަކާއި ދައުލަތުގެ މުދާތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުން ގެއްލުންވީ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން 2008 ވަނަ އަހަރު ކޯލިޝަން ހެދީ އެއިރު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެވެ. އަދި 2013 ވަނަ އަހަރު ކޯލިޝަން ހެދީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެވެ. އެ ފަރާތްތަކާއެކު ކޯލިޝަން ހަދައިފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު